ބީހައިވް ހޮޓަލްސް ޕްރައިވެޓް ލިމިޓެޑަށް 102،186.87 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ.
އެފްއޭމްއެއާ ދެކޮޅަށް ބީހައިވުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އެ ހޮޓަލުން ހިދުމަތްތަކެއް ހޯދުމަށްފަހު، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެފްއޭއެމުން ހިދުމަތައް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންވެ ބީހައިވުން ފައިސާ ދައްކާފައިނުވާތީ ލިބެމުންދާ ގެއްލުމަށާއި ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް ދެ ޕަސަންޓުގެ ރޭޓުން އެފްއޭއެމުން ދެއްކުމަށް ހުކުމްކޮށް ދިނުމަށެވެ.
އެ ދައުވާއަށް އެފްއޭއެމުން ވަނީ އެއްބަސްވެފައެވެ. އެފްއޭއެމުން ބުނީ 102،186.87 ރުފިޔާ ބީހައިވް ދައްކަން ޖެހޭކަމަށް އިއުތިރާފުވާ ކަމަށާއި ނަމަވެސް ގެއްލުމުގެ ބަދަލުގައި ހޯދުމަށް ބީހައިވުން އެދިފައިވާ މިންވަރު ދައުވާގައި ބަޔާންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ އެއް ދެއްކުމަށް އިންކާރުކުރާ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި އެފްއޭއެމުން، ބީހައިވަށް 102،186.87 ޑޮލަރު ދައްކަންވާނެ ކަމަށެވެ. އަދި އެ ފައިސާ ބީހައިވަށް ދައްކަންވާނީ ސިވިލް ކޯޓު މެދުވެރިކޮށް ކަމަށެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ސަދާގެ މަރުގެ މައްސަލަ ކޯޓުން ބޭރުގަައި ހައްލުކުރުމުގެ ފުރުސަތު ދީފި
210 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި
ކޭޕާކް އިން ގަތް އެޕާޓްމެންޓް ނުދިނުމުން ގާސިމުގެ ދަރިކަނބަލުންނަށް 1.9 މިލިއަން
ދަރުމަންވަންތަ ހޮސްޕިޓަލް މަޝްރޫއުގެ ޖީއެސްޓީ ދައްކަން ޖެހޭނީ ދިވެހި ދައުލަތުން: ސިވިލް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް ވަން ބޯޓެއް ދައުލަތަށް ނެގުމަށް ހުކުމްކޮށްފި
ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލްގެ މައްޗަށް 8 ލައްކަ ރުފިޔާގެ ދަރަންޏެއް