ބޭނުންވާ ތަކެތި
– ކްރަސްޓް ތައްޔާރުކުރުމަށް:
- 35 އޯރިއޯ ބިސްކޯދު
- 6 މޭޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރު
- ކުޑަ ލޮނުކޮޅެއް
– މޫސް ތައްޔާރުކުރުމަށް:
- 18 އައުންސް ކްރީމް ޗީޒް
- 3 މޭޒުމަތީ ސަމުސާ ހަކުރު
- ½ ސައިސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ހެވީ ކްރީމް
- 20 އޯރިއޯ ބިސްކޯދު (ފިނިކޮށްފައި)
– ޗޮކްލޭޓް ގަނޑު ތައްޔާރުކުރުމަށް:
- 1 ޖޯޑު ހެވީ ކްރީމް
- 200ގ ޑާރކް ޗޯކްލޭޓް (ކުދިކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް
ކްރަސްޓް ތައްޔާރުކުރުމަށް އޯރިއޯ ބިސްކޯދުތައް ހިމުންކޮށް ފުނޑާލާށެވެ. ދެން މީތި ކޮންޓެއިނަރަކަށް އެޅުމަށްފަހު މީގެ ތެރެއަށް އަންސޯލްޓަޑް ބަޓަރު އަދި ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭއެއްގައި ބޭކިންގް ޕޭޕަރު އެޅުމަށްފަހު މި ތައްޔާރުކުރި ކްރަސްޓް ޓްރޭގެ ފުލުގައި ސަމްސަލެއް ބޭނުންކޮށްގެން ފަތުރާލާށެވެ. އެއަށްފަހު މި ކްރަސްޓް ފިރިޖުގައި ފިނިކޮށްލާށެވެ.
މޫސް ތައްޔާރުކުރުމަށް ފިނިކޮށްފައި ހުރި އޯރިއޯ ބިސްކޯދުތައް ފުނޑުކޮށްލާށެވެ. ކޮންޓެއިނަރެއްގައި ކްރީމް ޗީޒް، ހަކުރު އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ހެވީ ކްރީމް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފުނޑު ކުރި ބިސްކޯދުތައް މިއަށް އެޅުމަށްފަހު އެއްކޮށްލާށެވެ.
ޗޮކްލޭޓް ގަނޑު ތައްޔާރުކުރުމަށް ހެވީ ކްރީމް ތަވައަކަށް އެޅުމަށްފަހު ކެކެން ފެށުމުން މީގެ ތެރެއަށް ޗޮކްލޭޓްކޮޅު އަޅައި އެއްކޮށްލާށެވެ.
ފްރިޖްގައި ފިނިކުރަން ބެހެއްޓި ކްރަސްޓް ނެގުމަށްފަހު މީގެ މަތީގައި ފުރަތަމަ ތައްޔާރުކުރި މޫސް ފަތުރާލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ޗޮކްލޭޓްގަނޑު ފަތުރާލުމަށްފަހު ފިނި ކުރުމަށް ފްރިޖުގައި ބަހައްޓާލާށެވެ.



ގުޅުންހުރި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ