އިސްލާމް ދީނަށް އިހާނެތިކޮށް، މުސްލިމުންގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދެއްކި މައްސަލާގައި ސްރީ ލަންކާގައި ހަރަކާތްތެރިވާ ބުދިސްޓު ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާގެ ލީޑަރު އަދި ބުދިސްޓު ހާމުދުރު ގަލަގޮޑާއްތެ ގްނަނަސަރަ ތީރޯ ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މީގެ އަށް އަހަރު ކުރިން ދެއްކި އެ ވާހަކަތަކާ ގުޅިގެން ކޮލަމްބޯ ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ ގަލަގޮޑާއްތެ ގްނަނަސަރަ ހަތަރު އަހަރަށް ޖަލަށް ލުމުގެ އިތުރުން 100،000 ލަންކާ ރުޕީސް އިން ޖޫރިމަނާ ކުރަންވެސް ނިންމައިފަ އެވެ.
މިއީ މުސްލިމުންނާ ދެކޮޅަށް ވާހަކަދައްކައިގެން ގަލަގޮޑާއްތެ ގްނަނަސަރަ ޖަލަށްލީ ފުރަތަމަ ފަަހަރެއް ނޫނެވެ.
މުސްލިމުންނާ ދެކޮޅު ހަަރަކާތްތައް ހިންގުމާއި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް އޭނާ ޖަލަށްލި އެވެ. އޭނާއަށް އެ ފަހަރު އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ޖަލަށްލީތާ ނުވަ މަސް ފަހުން ލަންކާގެ އޭރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ އޭނާއަށް މައާފްދެއްވައި ޖަލުން މިނިވަންކޮށްފަ އެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި