މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މޯލްޑިވިއަންގެ ފްލައިޓުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކޮށްފައިވާ ދަތުރުތަކަށް ނުދައްކާ ހުރި 5.6 މިލިއަން ރުފިޔާ ހޯދަން އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ބޭނުންތަކަށް އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓަރު ފްލައިޓްތަކަށް ނުދައްކާ ހުރި އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.
އެ މައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން އެ ފައިސާ ހޯދަން އެމްޑީޕީއަށް އެކިފަހަރު މަތިން އެންގި އެވެ. އަދި އެ ފައިސާ ހޯދަން ކޯޓަށް ދާނެ ކަމުގެ ނޯޓިސް އެ ޕާޓީއަށް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ދީފައިވެ އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވާ ގޮތުން، އެމްޑީޕީން ނުދައްކާ އޮތީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ 10 ދަތުރެއްގެ ފައިސާ އެވެ.
އަދި އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި
ހުޅުމާލޭގައި ތަރައްގީކުރި ސްޓެލްކޯގެ އެނެކެސް 2 އިންޖީނުގެ ހުޅުވައިފި
ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި
ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީފި، ކުންފުނީގެ ރަޖިސްޓްރީ ބާތިލް!
ފިރިހެނަކު، ފިރިހެން ކުއްޖަކާ ބެހުނު މައްސަލަ: 2 މަސް ވާއިރުވެސް މީހަކު
އަސްވާޑަށް ލަފާ ދޭން ނަރީޝް، އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި