ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ސަރުކާރާއި ރައްޔިތުންގެ ކިބައިން ބަދަލުހިފަން ބޭނުންވާ ބައެއްގެ އަތްމައްޗަށް މަޖިލީހުގެ ލަގަން ދޫކޮށްލައިގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހިޔާ ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހު މަޖިލީހުން މަސައްކަތް ކުރަމުންދިޔައީ ސަރުކާރާއި ރައްޔިތުންގެ ކިބައިން ބަދަލުހިފަން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެއަށްވުރެ ކަންކަން ނުބައިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ޕޯޑިއަމްތަކުގައާއި މައިކުތަކުގައި ބޭނުން ހިއްޕަވައިގެން. އެ ވާހަކަތަކުން އަޅުގަނޑުމެންނަށް މި އިހުސާސް ވެގެންދަނީ އެ ބޭފުޅުންގެ ހިތްޕުޅުގައި މި ގައުމުގެ ހަމަޖެހުން ގާއިމުވާން ބޭނުންނުވާކަމުގެ އިހުސާސް. އަޅުގަނޑުމެންގެ ކިބައިން ބަދަލެއް ހިފަން ދިވެހި ރައްޔިތުންގެ ކިބައިން ބަދަލެއް ހިފަން ބޭނުންވެފައި ތިބިކަމުގެ އިހުސާސް. އެގޮތަށް އެކަން ކުރަން ތިބި ބައެއްގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ ލަގަން ދޫކޮށްލައިފިއްޔާ ދެން އަނެއްކާވެސް ކުރިން މި ދެންނެވި ކުރީގަ ތަކުރާރުވި ބަދަލުހިފުމުގެ ރޫހުގެ ސައިކަލްގެ ތެރެއަށް އޮއިވަރުގެ ތެރެއަށް ގައުމު ވަދެގެންދާނީ،،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ މީހުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އަޅާނެ ކަމަށެވެ. މަޖިލިސް ތެރެއިން މިހާރުވެސް ދަނީ ހުރަސް އަޅަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެފަދަ މަޖިލީހަކަށް ފުރުސަތު ދީގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ އެފަދަ ބަދަލުހިފުންތަކާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް ޖަލަށްލުން ނިމުމަކަށް ގެންނަން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް މަޖިލިސް ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.


ގުޅުންހުރި
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި
ފާޑުކިޔާ މީހުންނަށް ގާސިމުގެ ރައްދު: ރައީސްގެ ރިޔާސީ ބަޔާނުން ނިޔަތް ރަނގަޅުކަން