ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ މުހައްމަދު އަފްތާބު (އާޕް) އަށް ތާއީދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީން ނިންމަވައިފި އެވެ.
ޕީއެންސީގެ އިސް އޮފިޝަލަކު ”ހަފްތާ“ އަށް ވިދާޅުވި ގޮތުގައި އެ ދާއިރާ އިން ރައީސް ތާއީދު ކުރައްވަނީ އެންމެ 30 ވޯޓާއެކު ޕްރައިމަރީން ބަލިވުމުން މިހާރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އާމިނަތު މިޔާދާ (އާނަ) އަށް ކަމަށެވެ.
އާނައަށް ރައީސް މުއިއްޒު ތާއީދު ކުރެއްވުމަށް ނިންމަވާފައިވާއިރު، ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އާޕް ބައިވެރިއެއް ނުވެ އެވެ. ނަމަވެސް އާނަ ބައިވެރިވި އެވެ.
އަދި ޕީއެންސީގެ ޓިކެޓުގައި މާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ ތަކާއެކު މާލެ ސަރަހައްދުގައި ހަރުކުރަމުންދާ ބިލްބޯޑުތަކުގައިވެސް އާޕްގެ ފޮޓޯއެއް ނެތެވެ.




ގުޅުންހުރި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ