ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކޮށްފިނަމަ، އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާނެ ކަމަށް ޕީއެންއެފް އުފެއްދުމަށް އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން މިއަދު ދިނުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަލީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ފޮޓޯފުޅާއި އެ މަނިކުފާނުގެ ހުސްގޮނޑި ރައްޔިތުންނަށް ދައްކައިގެން ކަމަށެވެ.
ނަމަވެސް އެކަން ހަނދާން ނެތި، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ސަރުކާރުގެ މިނިސްޓަރުން ޔާމީނަށް ނިސްބަތްކޮށް އަނިޔާވެރި ބަސްތަކެއް ވިދާޅުވަމުންދާ ކަމަށް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ޔާމީން މިނިވަންކުރުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް އެ މަނިކުފާނު އަދިވެސް ހުންނެވީ ބަންދުގައި ކަމަށެވެ. އަދި ސަރުކާރުން ފޯރުވާ ނުފޫޒަށް ނޫނެކޭ ބުނެ، ޔާމީންގެ މައްސަލަ ތާވަލުކޮށްދިނުމަށް ޝަރުއީ ކޯޓުތަކަށް މަލީހު ގޮވާލެއްވި އެވެ.
”ރައީސް ޔާމީން މިނިވަން ނުކުރައްވައި އެގޮތަށް ތަކުރާރު ކުރައްވާ ކަމަށް ވަންޏާ ޕީއެންއެފްގެ ފަރާތުން މަގުމަތީގެ ހަރަކާތްތައް ވެސް އަޅުގަނޑުމެން ފަށާނަން. މުޒާހަރާވެސް ކުރާނަން. ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެއްޔާ އެކަންވެސް އަޅުގަނޑުމެން ކުރާނަން“ މަލީހު ވިދާޅުވި އެވެ.




ގުޅުންހުރި
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު
މޮރިޝަސްގެ ނިންމުން ތާކުންތާކު ނުޖެހޭ، ގުޅުން ކަނޑާލިޔަސް ހައްގުނޫން ތަނެއް ނުލިބޭނެ:
ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް އަދި ނެތް، ކަންބޮޑުވުމެއް ވެސް
ރައީސްގެ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް