އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަދުރޭގެ ކެމްޕެއިން ހަރަކާތެއްގައި އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެ މަނިކުފާނަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވެވި ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން އަބްދުއްރަހީމްގެ އެ އެހީތެރިކަން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް. އެހެންވީމަ އެމަނިކުފާނު އެ ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ތިޔަބޭފުޅުންނަށް އަޅުގަނޑަށް ވެސް ކޮށް ދެއްވޭނެ ކަމެއް،“ ރައީސް ވިދާޅުވި އެވެ.
މަޖިލީހަށް ބޭނުންވަނީ އަބްދުއްރަހީމް ފަދަ ފަދަ ބޭފުޅުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަބްދުއްރަހީމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ އެކަމުގައި ކުޑަކޮށް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންވެ 20 ވަނަ މަޖިލީހަށް އެންމެ މަތީ އަގުލަބިއްޔަތަކުން އިންތިހާބު ކުރެވޭ މެންބަރަކަށް އަބްދުއްރަހީމް ހައްދަވައި ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި