އިންޑިއާއަށް ފުރުއްސާރަ ކުރި މައްސަލައެއްގައި ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު މަރިޔަމް ޝިއުނާ އަނެއްކާ ވެސް، އިންޑިއާއަށް ފުރުއްސާރަކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާއަށް އިހާނެތި ބަސް ބުނެ، މަލާމާތްކުރި މައްސަލާގައި ޝިއުނާ އާއެކު ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ސަސްޕެންޑުކުރީ މުސާރައާއި އިނާޔަތް ލިބޭ ގޮތަށެވެ.
ޝިއުނާ މިފަހަރު އިންޑިއާއަށް ފުރައްސާރަ ކޮށްފައި މިވަނީ އެ ގައުމުގެ ގައުމީ ދިދަ އަދި އެގައުމުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެމްޑީޕީއާ ގުޅުވައިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ޝިއުނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވާ ފޮޓޯގައި އެމްޑީޕީގެ ކެމްޕޭން ސްލޯގަން ”މިސްރާބު ހަމަމަގަށް“ ގެ ބަދަލުގައި ޖަހާފައިވަނީ ”މިސްރާބު އަނގަވަތަށް“ މިހެންނެވެ.
އަދި އެ ޝިއާރުގެ މަތީގައި އެމްޑީޕީގެ އަސްލު ޕޯސްޓަރުގައި ޖަހާފައިވާ، ސަމުގާގެ ބަދަލުގައި، އިންޑިއާގެ ގައުމީ ދިދައިގެ ލޯގޯއަށް ބަދަލުކޮށްފައިވާއިރު އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލޯގޯ ވެސް ހިމަނާފައިވެ އެވެ.
ޝިއުނާގެ އެ ޕޯސްޓަށް ފާޑުކިއުން އަމާޒުވާން ފެށުމުން، އޭނާ ވަނީ އެ ޕޯސްޓް ޑިލީޓުކޮށް، މައާފަށް އެދިފަ އެވެ. މައާފަށް އެދި މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ ހިއްސާކުރި އެމްޑީޕީ ޕޯސްޓުގައި އިންޑިއާގެ ދިދަ އިންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމަކީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އަރައިފާނެ އެއްވެސް ފުށޫއެރުމަކާއި ހިތްހަމަނުޖެހުމަކާ މެދު ހިތާމަކޮށް، މަައާފަށް އެދޭ ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ރާއްޖެއިން އިހުތިރާމްކުރާ ކަަމަަށް ވެސް ޕޯސްޓު ބުނެފައިވެ އެވެ.
ޝިއުނާގެ ޕޯސްޓާ ގުޅިގެން އިންޑިއާގެ އާންމުންނާއި ނޫސްތަކުން ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔަމުންދާއިރު، އޭނާ އެފަދަ ޕޯސްޓެއް ކޮށްފައި މިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިވަނިކޮށެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން