މި އަހަރުގެ ފިތުރު އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.
އެކަމަށް އެވަރު ހަރަދުކޮށްފައިވާކަން ޕަބްލިކް ވޯކްސް މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެކަމުގައި އިސްކޮށް އުޅުއްވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވަނީ ހަމަ އެ އަދަދު ”އަދަދު“ އަށްވެސް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ފައިސާއަކީ ހަތަރު ސިޓީ އަދި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ހިމެނޭހެން ޖުމްލަ 21 ސަރަހައްދެއް ދިއްލާލުމަށް ހަރަދުކުރި އަދަދެެވެ.
މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި، ބިޑްކުރުމުގެ ދައުވަތަކާ ނުލައި، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން އެ މަސައްކަތް ހަވާލުކުރީ ސްޓެލްކޯއަށެވެ.
ސިޓީތަކާއި ރަށްތައް ދިއްލަން ބޭނުންވާ ލައިޓުތަކާއި ގިޑިގެ ފަދަ ސާމާނު ގަނެ، ރަށްރަށަށް ފޮނުވީ ސްޓެލްކޯ އިންނެވެ. އަދި މާލެ ސަރަހައްދުގެ ހުރިހާ ތަނެއް ދިއްދާލުމުގެ މަސައްކަތް ކުރީވެސް އެ ކުންފުނިންނެވެ. ނަމަވެސް ސްޓެލްކޯ އިން މި ތަކެތި ގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއަށް ކޮން ކުންފުންޏަކުން ކަމެއް ނޭނގެ އެވެ.
އީދަށް ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލާލަން 42 މިލިއަން ރުފިޔާ ހަރަދުކުރި އިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އީދު ފާހަގަކުރުމަށް 50 މިލިއަން ރުފިޔާ އޮތީ ހިމަނައިފަ އެވެ.
ބަޖެޓުގައި 2025 ވަނަ އަހަރަށާއި 2026 ވަނަ އަހަރުގެ އީދު ފާހަގަ ކުރުމަށްވެސް 250,000 ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި