އިލެކްޝަންސް ކޮމިޝަން (އީސީން) ހުއްދަ ދިނުމާއި ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ. އަދި ވަނީ އެ ސަރަހައްދުގައި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލް ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
”އަދި އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން ދަނީ އެޓެންޑް ކުރަމުން،،“ ޝިފާން ވިދާޅުވިއެވެ.
ފުލުހުން އެ ޖަލްސާ ހުއްޓުވިއިރު އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި