ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިސްވެ ހުންނަވައިގެން އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ލޯގާ ތައާރަފުކޮށްފިއެވެ.
ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ގޮތުން ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑުނޫ، ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެ ހުރެއެވެ.
ލޯގޯގާއި ހުންނަ ތަރި ގުރާ ފެހި ކުލައިން ހުންނައިރު ހުޅެވިހަނދު ހުންނަނީ ކަނޑު ނޫކުލައިގައެވެ.
މިދިޔަ އަންގާރަ ދުވަހު ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ލޯގާ، ކުލަ، ސިއްކަ، ނިޝާން، އެޑްރެސް އަދި އަސާސީ ގަވާއިދު ފާސްކޮށްފައެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ވަގުތީ ރައީސްގެ މަގާމަށް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފައެވެ.
އަދި ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ޔާމީން އިންތިހާބުކޮށްފައެވެ.
ގުޅުންހުރި
ޑިމޮކްރެޓްސް ފެއިލް ނުވޭ، ކުރިޔަށް އޮތީ ކާމިޔާބު ދަތުރެއް: ވައްޑެ
އެމްޑީޕީ މެންބަރުންނަށް އަޅައިފައިވާ ފިޔަވަޅުތައް އުވާލައިފި
މައްސަލަތައް ބަލަނީ މި ސަރުކާރަށް ކުރާ ހިޔާނާތުގެ އަޑު ކަޑުވާލަން: އެމްޑީޕީ
”ބަހުލޫލެކޭ“ ލަވަ ކީ ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފި
މެންބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީވަނީ
އެމްޑީޕީގެ ލީޑާޝިޕް ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅައިފި