މީ ލ. އަތޮޅަށް ތަރައްގީ ގެންނަން ލިބޭ ފަހި ފުރުސަތެއްކަމެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ރައްޔިތުން ނުހިފައިނިނަމަ ފަހުން ހިތާމަ ކުރަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ލ. އަތޮޅު ތަމްސީލުކުރައްވާ ހަތަރު ދާއިރާގެ ގޮނޑި ޕީޕީއެމް/ޕީއެންސީއަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއިރުން ލ. އަތޮޅު ހުރިހާ ގޮތަކުން ތަރައްގީ ވެގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
”ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުމީ މިއަށް ވުރެ ފަހި ފުރުސަތެއް ލ. އަތޮޅަށް ތަރައްގީ ގެނައުމަށް އަޅުގަނޑުމެންނަށް ހާސިލުކުރަން ނުލިބޭނެއޭ. މި ފުރުސަތު އަޅުގަނޑުމެން ނަގާލައިފި ނަމަ އަޅުގަނޑުމެން ފަހުން ހިތާމަކުރާނެ،،“ ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅަށް ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސްދެވެނީ، ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލިސްއަށް އިންތިހާބު ކުރައްވައިގެން ކަމަށެވެ. މުޅި ރާއްޖެ ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅުގެ ތަރައްގީއަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެ މަސައްކަތުގެ ދަށުން ޓޫރިޒަމް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން 5000-6000 އާ ދެމެދުގެ އެނދު ތައާރަފުކޮށް ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެ އަތޮޅު ގާދޫގައި ބަންކަރިން ހިދުމަތް ފެށުމަށް ނިންމައި މަސައްކަތް ކުރަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!