މީ ލ. އަތޮޅަށް ތަރައްގީ ގެންނަން ލިބޭ ފަހި ފުރުސަތެއްކަމެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ރައްޔިތުން ނުހިފައިނިނަމަ ފަހުން ހިތާމަ ކުރަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ލ. އަތޮޅު ތަމްސީލުކުރައްވާ ހަތަރު ދާއިރާގެ ގޮނޑި ޕީޕީއެމް/ޕީއެންސީއަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއިރުން ލ. އަތޮޅު ހުރިހާ ގޮތަކުން ތަރައްގީ ވެގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
“ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުމީ މިއަށް ވުރެ ފަހި ފުރުސަތެއް ލ. އަތޮޅަށް ތަރައްގީ ގެނައުމަށް އަޅުގަނޑުމެންނަށް ހާސިލުކުރަން ނުލިބޭނެއޭ. މި ފުރުސަތު އަޅުގަނޑުމެން ނަގާލައިފި ނަމަ އަޅުގަނޑުމެން ފަހުން ހިތާމަކުރާނެ،،” ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅަށް ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސްދެވެނީ، ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލިސްއަށް އިންތިހާބު ކުރައްވައިގެން ކަމަށެވެ. މުޅި ރާއްޖެ ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅުގެ ތަރައްގީއަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެ މަސައްކަތުގެ ދަށުން ޓޫރިޒަމް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން 5000-6000 އާ ދެމެދުގެ އެނދު ތައާރަފުކޮށް ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެ އަތޮޅު ގާދޫގައި ބަންކަރިން ހިދުމަތް ފެށުމަށް ނިންމައި މަސައްކަތް ކުރަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ