ފ. ނިލަންދޫ ރައްޔިތުން ތަރައްގީގެ ސަފުން ބާކީ ވެދާނެތީ މަޔޫސްވެގެން ނުވާނެ ކަމަށާއި ސަރުކާރުން ނިލަންދޫ ތަރައްގ ީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ނިލަންދޫއަށް މިއަދު ވަޑައިގެން މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް ބޭނުންވާ ހުރިހާކަމެއް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ނިލަންދޫގައި ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
”މާޔޫސްކަން ދޫކޮށްލާ. އެދިވަޑައިގެންނެވި ކަންކަމުގެ އިތުރަށް ކުރާނެ ކަންކަން އެބަހުރި. މިރަށަށް އޮތީ ފުރިހަމަ ޕްލޭނެއް. މި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާނެފަދަ އާބަން ސެންޓަރަކަށް ހަދައިދޭނަން“ ރައީސް ވިދާޅުވިއެވެ.
އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއާޕޯޓް ތަރައްގީކުރާނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނިލަންދޫގެ އެއާޕޯޓު ތަރައްގީ ކުރާނީ ޕްރައިވެޓް ޖެޓުތަކަށް ލޭންޑްކުރެވޭ ފެންވަރަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ނިލަންދޫގެ ފަޅުގެ ތެރޭގައި ދެ ރިސޯޓަކާއި ސިޓީ ހޮޓަލެއް ތަރައްގީކޮށްދޭނެ ކަމަށެވެ. އަދި ނިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި، ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ދިނުމުގެ އިތުރުން ހޮސްޕިޓަލުގެ އާ އިމާރަތް ހަދައިދޭނެ ކަމަށެވެ.




ގުޅުންހުރި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ