ފ. ނިލަންދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.
އަންނަ ހަފުތާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ ވާދަކުރައްވަނީ ދަރަނބޫދޫ އާއި ނިލަންދޫ ހިމެނޭ ނިލަންދޫ ދާއިރާ އަށެވެ.
ސައުދާގެ ކެމްޕެއިނަށް އިއްޔެ ނިލަންދުއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނިލަންދޫ ރައްޔިތުން ތަރައްގީގެ ސަފުން ބާކީ ވެދާނެތީ މަޔޫސްވެގެން ނުވާނެ ކަމަށާއި ސަރުކާރުން ނިލަންދޫ ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވަނީ ނިލަންދުއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެ ވައުދުތަކުގެ ތެރޭގައި:
- ނިލަންދޫގައި ހަދާ އެއާޕޯޓް ޖެޓް ޖެއްސޭ ފެންވަރަށް ތަރައްގީކުރުން
- ފަޅުގައި ދެ ރިސޯޓް ހެދުން
- ސިޓީ ހޮޓަލެއް ހެދުން
- އާ ހޮސްޕިޓަލެއް ހެދުން
- ނިލަންދޫ މަގުތައް ހެދުން
- ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން
- ޑައިލިސިސްގެ ހިދުމަތް ފެށުން




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި