އިރާނުން އިޒްރޭލަށް ރޭ ދިން ހަމަލާތަކުން އެ ގައުމުގެ ހުރިހާ އަމާޒެއް ހާސިލުވެފައިވާ ކަމަށް އިރޭނިއަން އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ އަސްކަރީ ކޮމާންޑަރު އަދި އިރާން ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ ވިދާޅުވެއްޖެ އެވެ.
ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާގެ ރައްދުގައި އިރާނުން ރޭ ވަނީ އެކި ވަސީލަތްތައް ބޭނުންކޮށްގެން 300 ހަމަލާ ފޮނުވާލައިފަ އެވެ. އޭގެ ތެރޭގައި ޑްރޯންއާއި މިސައިލްވެސް ހިމެނެ އެވެ.
އިރޭނިއަން އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއާ ގުޅޭ ނޫހެއް ކަމަށްވާ ތަސްނިމަށް ދިން މެސެޖެއްގައި ބަގޭރީ ވިދާޅުވީ އިޒްރޭލުން ރައްދުގައި ހަމަލާއެއް ނުދޭ ނަމަ، އިތުރު ހަމަލާއެއް ދިނުމުގެ އެއްވެސް ޕްލޭނެއް އިރާނުގެ ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އާންމުންނާއި ވިޔަފާރިއާ ގުޅޭ އެއްވެސް ތަނަކަށް އަމާޒުކޮށް ރޭ ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރޭގެ އަމާޒު ހުރީ އަސްކަރީ އެސެޓްތަކަށް ކަމަށާއި އެތަންތަން ހަލާކުކޮށްލައި، ބޭނުން ނުކުރެވަރު ކޮށްލާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބަގޭރީ ވިދާޅުވި ގޮތުގައި ރޭގައި ދިން ހަމަލައަށްވުރެ 10 ގުނަ ވަރުގަދަ ހަމަލައެއް ދިނުމުގެ ގާބިލުކަން އިރާނުގައި އެބަ ހުއްޓެވެ.




ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި، ޗެއާމަންސް އެވޯޑް ޝަފީގަށް
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ