ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އަލިފުށި މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނެސް މިނިސްޓަރެވެ. އާދަމް ޝަރީފެއެވެ. އެ ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕްލޭނިން މިނިސްޓްރީން އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީ ހަވާލުކޮށްފައިވަނީ 2023 އެޕްރީލް 16 ގައެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 90,956,112.97 ދިވެހި ރުފިޔާ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އާރްޑީސީން ބުނީ އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ހަތް މަގެއްގެ މަސައްކަތް ކުރާނެ ކަމަށާއި އެއީ ޖުމްލަ 3،819.4 ކިލޯމީޓަރު ކަމަށެވެ. އާރްޑީސީން ބުނީ އަލިފުށީގެ މަގުތައް ހަދާނީ ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބަހައްޓައިގެން ކަމަށެވެ.
އަދި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ވެސް ކުރާނެކަމަށް އާރްޑީސީން ބުންޏެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް