ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހިޔާ ފްލެޓަށް ލިފްޓް އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމަނުއްވާފައިވާ ކަމެކެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ މަޝްރޫއު 14 ފެބްރުއަރީ 2024 ގައި އެޗްޑީސީގެ ފަރާތުން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕްއާ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް މަޝްރޫއު ހަވާލުކުރީ ކިހާ ފައިސާއަކަށް ކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ މަޝްރޫއުގެ ދަށުން ޖުމުލަކޮށް 32 އާ ލިފްޓު ބަހައްޓާނެ އެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖާ އަދި ސްޓެރެޗާ ލިފްޓެކެވެ.
ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. އަލީ ހައިދަރު އަހުމަދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމުން ލިފްޓުތައް ހަރުކޮށް ނިމުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓުގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށެވެ.




ގުޅުންހުރި
އިންޒާރުދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
މިދިޔަ ވެރިކަމުގައި އެޗްޑީސީ ތެރެއިން 200 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2