ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއިން މާޔޫސްވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޕީއެންސީން ވަނީ 71 ގޮނޑި އާއެކު ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އެމްޑީޕީއަށް، އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ވެސް ފައްޔާޒު ވިދާޅުވިއެވެ.
”މިއަދުގެ ނަތީޖާއީން މަޔޫސްވެއްޖެ، މީ އެމްޑީޕީން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޕާޓީގެ ސިޔާސަތުތައް ކިޔައިދޭންވި ވަގުތު“ ފައްޔާޒު ވިދާޅުވިއެވެ.
”އެމްޑީޕީ މެމްބަރުން ތިބޭނީ ސަރުކާރާ ގުޅިގެން ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް ތައްޔާރަށް“
ފައްޔާޒު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވެސް މަރުހަބާ ދަންނަވައިފައެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަ މެމްބަރަކު ގޮނޑި ކަށަވަރުކުރެއްވިއިރު އެމްޑީއޭއަށް ކަށަވަރުވީ ދެ ދާއިރާގެ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް އެއް ގޮނޑިއަށް ކަށަވަރުވިއިރު ދަ ޑިމޮކްރެޓްސްއާއި އަދާތަލަށް އެއްވެސް ގޮނޑިއެއް ކަށަވަރުނުވެއެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް