ނޮވެމްބަރ 27, 2024

ބޮންޑޭގެ އުދާސްތައް ބޭރުކޮށްލައިފި، މެންބަރުން ހޮވުމުގައި އަމާނާތާއި ވަފާތެރި ކަމަކަށް މިހާރު ނުބަލާ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި އެ މެންބަރެއްގެ އަމާނާތްތެރިކަމާއި ވަފާތެރިކަމަށް މިހާރު ރައްޔިތުން ނުބަލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ބޮންޑޭ ވާދަކުރެއްވި އެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އޭނާ ހޮވުނު ނަމަވެސް މިފަހަރު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ނަމަވެސް އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ. އެ ދާއިރާގެ ގޮނޑި މި ފަހަރު ކާމިޔާބު ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ފާރަވެރިވާން އޮންނަ މަޖިލީހެއް ނަމަވެސް މިހާރު މަޖިލީހުގައި އެފަދަ ކަމެއް ނެތް ކަމަށެވެ. އަދި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމަށްވުރެ ހިޔާނާތާއި ވައްކަން މި ގައުމުގައި އިސްކޮށްފި ކަމަށް ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ކަމަށްކަމޭހިތުމާއި ހާޒިރިއަށް ބަރާބަރުވުމަށް މިހާރު ނުބަލާ ކަމަށެވެ.

Leave a Reply