ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ނޭޝަނަލް ސޯޝަން ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯއަކަށް ހުންނެވި ހީނާ ވަލީދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހީނާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ. ރައީސް އޮފީހުން ބުނީ ތަރުޖަމާނުގެ މަގާމަށް ހީނާ އައްޔަންކުރައްވާފައިވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި ހީނާ މަސައްކަތް ކުރައްވަނީ މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށެވެ.
މިއީ ރައީސް އޮފީހުގެ ތަރުޖަމާނުގެ އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ހީނާ ވަނީދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި އޭނާއަކީ ވެރިކަން ކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސް ޕާސަންއެވެ.
ކުރީގެރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.
ހީނާ ވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ.




ގުޅުންހުރި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ