ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ ބައްޕާފުޅު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 88 އަހަރެވެ.
ރައީސް މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މޫސާ ޖަމީލު، އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުންހިތާމަޔާއެކު ކަމަށް ވިދާޅުވެފައެވެ. އަދި މާތްﷲ މޫސާ ޖަމީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި މޫސާ ޖަމީލުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މޫސާ ޖަމީލް އަވަހާރަވި އިރު، އަނބިކަނބަލުން މައުމޫނާ ވަޖީހު އާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. މޫސާ ޖަމީލުގެ ކަށުނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.




ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ފާސްކޮށްފި