ޕެސްޓިސައިޑްސް މެރުމަށް ބޭނުންކުރާ ކެމިކަލެއް ހުރުމުން އިންޑިއާގެ ދެ ބްރޭންޑެއްގެ ހަވާދު ރާއްޖެއަށް އެތެރެ ނުކުރުމަށާއި ބޭނުން ނުކުރަން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުުނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި ”އެތިލިން އޮކްސައިޑް“ ހުރިކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އާއި ހޮންކޮންގެ ސެންޓާފޯ ފުޑް ސޭފްޓީ އިން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ބާވަތްތަކުގައި ހުރިކަމަށްބުނާ ”އެތިލިން އޮކްސައިޑް“އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކޮށްގެންނުވާނެ ކަމަށެވެ.
”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްތަކުގެ ހަވާދަކީ ރާއްޖޭ އަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންގެންދާ ހަވާދުގެ ބާވަތްތަކެއް ކަމަށާއި އެހެންކަމުން ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑްގެ އުފެއްދުންތަކުގެ ނުރައްކާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެފިޔަވަޅެއްގެ ގޮތުން ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ގުޅުންހުރި
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން
ދުނިޔޭގެ އެންމެ ހިތްހެޔޮ ފަޑިޔާރު، ފްރޭންކް ކަޕްރިއޯ މަރުވެއްޖެ
ސެންޓްރަލައިޒްޑް އެލްޕީޖީ: ސްމާޓް ނިޒާމެއް, ރައްކާތެރިކަން ޔަގީންވެ, ފައިދާ ބޮޑު!
އެސްޓީއޯގެ ޑެވޮންޑޭލް ޕްރޮމޯޝަން މުޅި ރާއްޖެއަށް، އެއްވަނަ އިނާމަކަށް 50،000ރ.
ބަންޑާރަ މިސްކިތުގެ ސީލިންގަ ރޯވި އަލިފާން ނިއްވާލައިފި
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ