ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކޮށްފި އެވެ.
މިއީ ނޫސްވެރިންނަށް، ރައީސް އޮފީހުގެ ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން އެގޮތަށް އެންގީ، މިއަދު ހެނދުނު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިންނަށެވެ. ނަމަވެސް އެކަން މީގެ ކުރިން ނޫސްވެރިންނަށް އަންގާފައިނުވާތީ، ފޯނާ ނުލައި ޕްރެސް ރޫމަށް ވަނުމަށް ނޫސްވެރިން ދެކޮޅު ހެދި އެވެ.
އެހެންވެ ރައީސް އޮފީހުން ވަނީ މިއަދުގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ދީފަ އެވެ. ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން މިއަދު ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށެވެ.

ގުޅުންހުރި
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ޔުމްނު ”ވެއްޓުނު“ މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި