ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ގއ. ގދ. ޏ. އަދި ސ. ގައި ހިމެނޭ ރަށަކުން އެ މައްސަލަ ހުށަހެޅީމިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ މައުލޫމާތައި މައްސަލަ ހުށަހެޅުނު އަތޮޅާއި ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


