ޑައިމޯފިން ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމާނާކޮށްފައިވަނީ ގދ. ފިޔޯރީ ގަދަކޯޅީމާގެ އަހުޒަރު އަހްމަދެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިކޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.
އެ ދައުވާގައި ވަނީ މ. ސެސްނާ ފަސްވަނަ ފަންގެފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ޖެނުއަރީ 08 ގައި ހިންގި އޮޕަރޭޝަނެއްގައި އަހުޒަރު ހައްޔަރުކުރި ކަމަށެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އެ އެޕާޓްމަންޓަށް ގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެ މަައްސަލައަށް އޭނާ އިންކާރުކުރި ނަމަވެސް ހުށަހަޅާފައިވާ ހެތްކާ ގަރީނާއިން ދައްކާގޮތުގައި ޝައްކެއްނެތް މިންވަރަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެހެންކަުން ޑައިމޯފިން ޓްރެފިކް ކުުރމުގެ ކުށުން އަޒުހަރު ކުށްވެރިވާކަމަށް ކަނޑައަޅައި 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ފައިސާ 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށްވެސް ހުކުމްގައި ވެއެވެ.

ގުޅުންހުރި
ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި
ޑުރަގުގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި، އަގު 6.7 މިލިއަން ރުފިޔާ!
ރާއްޖެ އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ ޑުރަގް އިންޑިއާ ކޯސްޓް
ހުޅުމާލެއިން 14 ކިލޯގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ކެފޭއެއްގައި އިންދާ ކިލޯއެއްގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި