ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ އިންތިހާބުން ބަލިވި ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ނިންމައިފައެވެ. އަދި ރައްޔިތުން އެމްޑީޕީއާ މެދު ދެކޭ ގޮތް ބެލުމަށްފަހު މަގުޗާޓެއް ހެދުމަށް ވެސް ނިންމިއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެން ކުރިއަށް ގެންދަންވީ ގޮތެއް އެނގޭނީ ދިރާސާއަށް ފަހު ކަމަށެވެ. ދިރާސާގައި، އެމްޑީޕީގެ ކުރިމަގާ މެދު މީހުން ދެކޭގޮތާއި ޕާޓީ ބައްޓަން ކުރާނެ ގޮތާ ގުޅޭގޮތުން ވެސް ބަލައި، މަގުޗާޓެއް އެކުލަވާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”އިންތިހާބުތައް ގެއްލިގެން ދިޔަ ސަބަބުތައް ދިރާސާ ކުރުމަށް އަދި ދިވެހި ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭގޮތް ހޯދާ އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތްތަކަކާމެދު ދިރާސާ ކުރުމަށްފަހު މަގު ޗާޓެއް އެކުލަވާލުމަށް“ ފައްޔާޒު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކެމްޕޭން ކުރިއަށް ގެންދިޔަ ގޮތުންތޯ ނޫނީ ލީޑާޝިޕްގެ މައްސަލައެއްތޯ ނޫނީ ރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލަން ބޭނުން. އެ ހުރިހާ ކަމެއް ބެލުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ“
ފައްޔާޒަށް ފަހު ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ކާމިޔާބީއަށް ވެސް އަދި ނާކާމިޔާބީ އަށް ވެސް ފަރިތަ ޕާޓީއެއް ކަމަށެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވިއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ކާމިޔާބުކުރާނެ. އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބުކުރާނެ” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބާއި 2019 ގެ މަޖިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ 2013 އަދި 2014 ވަނަ އަހަރު ބޭއްވި އިންތިހާބުތަކުން ބަލިވުމުން، އެކަން ދެނެގަތުމަށް ހެދި ދިރާސާއެއްގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުން ވަނީ އެފަދަ ދިރާސާއެއް ކުރުމަށް ނިންމާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ކުރިމަގާއި ރާއްޖޭގެ ކުރިމަގު އުޖާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ގުޅުންހުރި
ރަސްދޫ މަގުމައްޗާއި ބީޗުގައި ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް
ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި
ކޮމިޔުނިކޭޝަން އޮތޯރިޓީ ހޯމްލޭންޑް ދަށަށް
ފަލަސްތީނަށް ހަދިޔާކުރާ ދެމިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް މިމަހު 15 ގައި
ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ: ރައީސް އޮފީސް
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ފުރައިފި