ހދ. ނޮޅިވަރަންފަރުން 5 ގަސް ބަނބުކެޔޮ ގަސް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ނޮޅިވަރަންފަރު ކައުންސިލުން ސަރުކާރު ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ ގަސް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގަސްތައް ކުއްޔަށް ދޫކުރަނީ ގަސްތައް ހުންނަ ސަރަހައްދު ކޮންމެ ހަފުތާއަކު ތިން ދުވަހު ވިނަނޮޅާ ކުނިކާ ސާފުކުރުމަށް ޝަރުތުކޮށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި ވަނަ ދުވަހު އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް