ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ވެމްކޯން ބުނެފިއެވެ.
އެ ކުންފުނީ މިރޭ ބުނީ އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށާއި އިތުރު ސަރަހައްދުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތަށް އޮތް ޑިމާންޑަށް ބެލުމަށްފަހު ހިދުމަތް ފުޅާކުރާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯން ކުނި އުކުމުގެ ހިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފައިދާއެއްގައި އެ ކުންފުނި ހިންގުމަށް ގިނަ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ.
ގުޅުންހުރި
ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި
ގުރައިދޫގެ ކުނިގޮނޑު ހުސްކުރުމުގެ ޕްރޮޖެކްޓް ނިމިއްޖެ: ވެމްކޯ
ފެނަކަ ޑީއެމްޑީގެ މަގާމުން ވަކިކުރި ނާއިފް ވެމްކޯގެ ޑީއެމްޑީ ކަމަށް
ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭން ވެމްކޯގެ މުވައްޒަފުން ތަމްރީނުކޮށްފި
ގޮންޖެހުންތަކާއި އެކުވެސް 28 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ، އަދިވެސް ޚަރަދުތަށް
ފޮޅާ ސާފުކުރުމުގެ ހިދުމަތުން ފުރަތަމަ ސްޓޭޖުގައިވެސް ހަތް މިލިއަން ރުފިޔާ ލިބޭނެ: