ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަބުރާ ފޮނުވާލުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ބާއްވަމުން އަންނަ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބާއްވައިފިއެވެ.
އެ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތިންވަނަ ބެޗު މި މަހު 10 ގެ ނިޔަލަށް އަނބުރާ އިންޑިއާއަށް ގެންދާނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެކަމާ ގުޅޭ ލޮޖިސްޓިކް އިންތިޒާމުތަކެއްއްގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އިންޑިއާ ދެމެދު ދިފާއީ ގޮތުން ގުޅުން ބަދަހިކުރުމަށާއި ތަރައްގީގެ ކަންކަމުގެ އެއްބާރުލުން ދިނުމަށް ފުޅާ ގޮތެއްގައި މަޝްވަރާ ކޮށްފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ ރާއްޖެ-އިންޑިއާގެ މަތީ ފަންތީގެ މަޝްވަރާތަކުގެ ފަސްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.
އެބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައެވެ. ދެވަނަ ބައްދަލުވުން ދިއްލީގައި ބޭއްވިއިރު އެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަޝްވަރާކުރީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ ގޮތުންނެވެ. އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާގެ ނަތީޖާގެ ތެރެއިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފައެވެ.
ތިންވަނަ ބައްދަލުވުން ބާއްވާފައިވަނީ .ދިއްލީގައެވެ.

ގުޅުންހުރި
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ދެވަނަ ފަހަރަށް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް އިރަކު ހަތިޔާރެއް ނުގެންގުޅޭ: ގައްސާން
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރަން އިޒްރޭލުން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް