މިއަދު ބޭއްވި ހަ ބައި-އިލެކްޝަންގެ ތެރެއިން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހަތަރު އިންތިހާބު ކާމިޔާބު ކޮށްފި އެވެ.
މިއަދު އޮތީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމެވެ.
މީގެ ތެރެއިން ޕީއެންސީ އިން ކާމިޔާބު ކުރީ ހއ. އުތީމު، ތަކަންދޫ، އިންނަމާދޫ އަދި ވެލިދޫގެ ގޮނޑި އެވެ. އެމްޑީޕީން ކާމިޔާބު ކުރީ ލަންދޫ ކައުންސިލްގެ ގޮނޑި އެވެ. ދަ ޑިމޮކްރެޓްސް އިން ކާމިޔާބު ކުރީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި އެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން އެ ގޮނޑިތައް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.


