ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވެސް ޕޮލިޓެކްނިކްގެ މެދުގައި އެއްބާރުލުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އާރުޑީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ޕޮލިޓެކްނިކުގެ އިމާރާތާއި އިންފާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ލޭންޑް ސްކޭޕިންގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ދެ އިދާރާ އިން ޖޮއިންޓް ފޯސްއެއްގެ ގޮތުގައި މަސައްކަތްކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި ދަރިވަރުންނާއި އިންސްޓިޓިއުޓްގެ އެހެން ސްޓޭކް ހޯލްޑަރުންނަށް އެކްސެސިބިލިޓީއާއި ރައްކާތެރިކަން އިތުރުކުރުމަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރުންވެސް ހިމެނޭ ކަމަށް ބުންޏެވެ.
އާރުޑީސީން ބުނީ، އެއްބަސްވުމުގެ މަގުސަދުގެ ތެރޭގައި އިމާރާތާއި އިންފާރުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުމާއި ފެންވަރު ރަނގަޅު ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ދެ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޕޮލިޓެކްނިކާ ދެމެދު އެއްބާރުލުން ދިނުންވެސް ހިމެނޭ ކަމަށެވެ.




ގުޅުންހުރި
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
15 ރުފިޔާގެ ވައްކަން ކުރި މީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު
ރޭޕްގެ ތުހުމަތުވާ އިޒާމް ހޯދާތާ އެއް އަހަރަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން