މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.
އެ ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެވަޑައިގަތެވެ.
މިއީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ދިވެހި ސިފައިންނާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއު ދިވެހި ސިފައިންގެ ފަރާތުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގަ އެވެ.
އާރުޑީސީން ބުނީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރާނެ ކަމަށެވެ. އަދި އެ ނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރާނެ ކަމަށް ބުންޏެވެ.
ގުޅުންހުރި
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ޖާގަ ދެގުނަ ބޮޑުކުރަން އާރުޑީސީއާ ހާވަލުކޮށްފި
އާރްޑީސީގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ބާރަށް ކުރިއަށް
އައިޖީއެމްއެޗް ކައިރީ ހެދި ޑްރެއިން ސިސްޓަމް ބޭނުން ކުރަން ފަށައިފި، މިހާރު
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރުޑީސީން ތަމްރީން ހޯދައިދިނުމުގެ ޕްރޮގްރާމް ފަށައިފި
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި