މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަކީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ރަށްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ރައީސް ވިދާޅުވީ, ތަރައްގީ ކުރަން ޖެހޭނީ ހަމައެކަނި މާލެ އާއި ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި އެކަނި ނޫން ކަމަށެވެ.
އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމަށްފަހު އެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތަކަށް އެ މަނިކުފާނަށް ޒިޔާރާތް ކުރެއްވުނު ކަމަށާއި އެ ދަތުރުފުޅުތަކުން ފެނުނީ އެ ރަށްތަކާމެދު އިހުމާލުވެފައިވާ މިންވަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މާލެ އާއި ރާއްޖޭގެ އެހެން ރަށްތަށް އެ މަނިކުފާނަށް ހަމަހަމަ ކަމަށާއި އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އެ ރަށްރަށުގައި ތިބި ދިވެހި ރައްޔިތުންނަކީ ސިޓީތަކާއި ވެރިކަން ކުރާ މާލޭގެ ރައްޔިތުންނާ އެއް ހަމަ ރައްޔިތުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް އާއި ފުލުހުންގެ ހިދުމަތް އަދި ދެން ހުރި ކަންކަން ވެސް މި ސަރުކާރުން ކުރަމުން ގެންދަނީ ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވަން ކަމަށެވެ.




10 Comments
ގުޅުންހުރި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް