ހުޅުމާލެގައި ފުލުހުން މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ ހައްޔަރުކޮށްފައިވަނީ ހަތް ފިރިހެނުންނާއި އަންހެނަކު ކަމަށެވެ.
އެ އެނެމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މިރޭ ހިންގިއެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.



