ނޮވެމްބަރ 22, 2024

ހުޅަނގު މޫސުން ފެށިއްޖެ، ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދާނެ!

މި އަހަރުގެ ހުޅަނގު މޫސުން އިއްޔެ ފެށިފައިވާ ކަަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާއިރު، ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ކުރަން ފަށާނީ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް ބުންޏެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިގަނޑުތައް:

ވާރޭ: މެއި 1 ގެ ފަގުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓާރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

ވައި: ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބޭރުމިނުގައި ޖެހުމާއި، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން