ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ޖުމުލަ 100.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައި، 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމުލަ 7.25 ކިލޯ މީޓަރެވެ.
އާރުޑީސީން ބުނީ، މިހާތަނަށް އައިއިރު 31 މަގުގެ ތެރެއިން ހަތަރު މަގެއް ފިޔަވައި އެހެން މަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މަގުގައިވެސް 90 ޕަސެންޓަށްވުރެ ބޮޑުކޮށް އެ މަސައްކަތްކޮށް ނިންމާލާފައިވާ ކަމަށް ބުންޏެވެ.
އާރުޑީސީން ބުނީ، މިހާތަނަށް 18 މަގެއްގައި ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ބާކީ މަގުތަކުގައި އެ މަސައްކަތުގެ 80 ޕަސެންޓަށްވުރެ ބޮޑު ޕަސެންޓެއް ނިމިފައިވާ ކަމަށެވެ. އަދި އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއްގެ ސްޓޯމް ވޯޓާ ޓޭންކް ބަހައްޓާފައިވާ ކަމަށާއި ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ހޮޅި އަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން 17 މަގެއްގައި ކާބް ސްޓޯން ޖަހައި ނިމިފައިވާއިރު، ބާކީ މަގުތަކުގެ އެވްރެޖްކޮށް 50 ޕަސެންޓަށްވުރެ ބޮޑު ޕަސެންޓެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް އާރުޑީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ 21 މަގެއްގައި ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތްކޮށް ނިންމާލައިފަ އެވެ. އަދި ހަ މަގެއްގައި ތާރު އަޅައި ނިންމާލާފައިވާއިރު، އިތުރު ހަ މަގެއްގެ ތާރު އެޅުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިންމާލައިފަ އެވެ.
އާރުޑީސީން ބުނީ، ކުޅުދުއްފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ބޮޑުބައި ނިންމައި، މިހާރު ކުރަމުން އަންނަނީ ދުވާރާއި ޕޭވިންގެ މަސައްކަތް ކަމަށެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު