އުތުރުތިލަފަޅުގައި އިންޑިއާގެ އެއްވެސް ސިފައިންގެ މީހަކު ނެތް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.
އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުގެ ކުންފުންޏަކަށް 186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ދިވެހި ރުފިޔާ) އަށް ހަވާލުކުރީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 29، 2022 ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތިނެއްގައެވެ.
ނަމަވެސް އޭރުގެ އިދިކޮޅުގައި ތިބެ، މިހާރުގެ ސަރުކާރުގެ ބޭފުޅުން ވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ހަދަމުންދާ ކަމަށާއި އެތަނުގައި ދިވެހި ސިފައިންގެ ބާރު ނެތް ކަމަށްބުނެ ގިނަ ތުހުމަތު ތަކެއްކޮށްފައެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަތިޔާރާ އެކު ތިބޭނެ ކަމަށްވެސް ތުހުމަތު ކުރިއެވެ.
އެ ތުހުމަތުތައް ނިމިދިޔަ ސަރުކާރުން ތަކުރާރުކޮށް ދޮގުކުރި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ، ސަރުކާރުގެ މައުލޫމާތުތައް ދައްކާގޮތުން އުތުރުތިލަފަޅުގައި އެއްވެސް އަސްކަރީ މީހެއް ނެތް ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ހދ. ހަނިމާދޫ, ލ. ކައްދޫ, ސ. ގަން އަދި ސެނަހިޔާ ހޮސްޕިޓަލުގައި ކަމަށާއު އޭގެ ތެރެއިން ހަނިމާދޫ, ކައްދޫ އަދި ގަމުގައި ތިބި ޖުމްލަ 76 ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭން ފައިބާފައިވާ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ