މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ކަނޑައަޅާފައިވާ ބިޔަ ދެ މަޝްރޫއު ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިފްޒާއާ ހަވާލުކޮށްފައި ވަނީ ކ. ފުނަދޫގައި ހަދާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަން އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމާއެކު ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި އިފްޒާ އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށާއި އެއާއެކު އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި ފުނަދޫގައި ހަދާފައިވާ ފިއުލް ފާމު ކ. މާގިރިފަޅަށް ބަދަލުކޮށް، އެ ރަށް ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިން އެސްޓީއޯ އާއެކު ފަށާފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނުގެ ދަށުން ހަދާ އިމާރާތްތަކާއި އެ މަޝްރޫއުގެ ދަށުން ފުނަދޫ-މާލެ-ހުޅުލޭ-ހުޅުމާލޭ ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.



ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް