މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަރަދުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ.
ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވާހަކަދައްކަވަމުން ވަޖީހު ވަނީ ހުރިހާ މުވައްޒަފުންނަށް ވެސް މަރުހަބާ ވިދާޅުވެ، މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފަ އެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:
- އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް
- އަހުމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާ
- އަހްމަދު އުންމީދު – ސާވިސް އިންޖިނިއާ
- މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް
- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް
އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް އަދި ތިން މުވައްޒަފުން އުމްރާގެ އަޅުކަމަށް ފޮނުވަ އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!