ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ފަހު ބަސް ވިދާޅުވުމަށް ދިން ފުރުސަތުގައި ރޮޒައިނާ ވިދާޅުވީ، މިއަދަކީ 15 އަހަރު ދުވަހަށް ފަހު އޭނާ ރައްޔިތުންގެ މަޖިލީހާ އަލްވާދައު ކިޔާ ދުވަސް ކަމަށެވެ.
’މިއަދަކީ 15 އަރަހަށްފަހު އަޅުގަނޑު މަޖިލީހަށް އަލްވަދާއު ކިޔާ ދުވަސް. އަޅުގަނޑުގެ ވިސްނުމެއް ނެތް ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ. އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ފަހު ދުވަސް،“ ރޮޒައިނާ ވިދާޅުވި އެވެ.
މަޖިލީހުގައި ތަމުސީލު ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ތުލުސްދޫ ދާއިރާއާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަަށް ޝުކުރު އަދާކުރައްވައި ރޮޒައިނާ ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރިކަމާއެކު ކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއްވެސް ނުދާނެ ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުގެ ޕާޓީގެ ތެރޭގެ ވޯޓެއްވެސް، މަޖިލިސް ގޮނޑީގައި އިނދެގެންލީ ވޯޓެއްވެސް އަދި އަޅުގަނޑުގެ ގައުމީ ފެންވަރުގެ އިންތިހާބެއްގައި ލީ ވޯޓެއްވެސް ފައިސާއަށް ދޫކޮށްލާފައެއް ނޯންނާނެ މި ހިތްހަމަޖެހުމާއެކީ ވަކިވެގެން މި ދަނީ،“ ރޮޒައިނާ ވިދާޅުވި އެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި