މާލޭގެ އެކި އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އިމާރާތްތަކުގެ ވެރިންނަށް މާލެ ސިޓީ ކައުންސިލުން އަންގަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހު އެކަނިވެސް މާލޭގެ މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެ ތަންތަން މަރާމާތުކޮށް ރަނގަޅުކުރަން އަންގާފައިވާ ކަމަށެވެ.
އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
އިމާރާތްތަކުގެ ފުރާޅުތަކުގައި ހަރުކޮށްފައި ހުންނަ ދިޔަދޮވިންނާއި މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުންނަ އޭސީ އައުޓްޑޯ ޔުނިޓުތަކުން މަގުމައްޗަށް ފެން ފައިބާ މައްސަލައަކީ މަގުމަތިން ހިނގާ މީހުންނަށް ޖެހިފައިވާ ތުރާލެކެވެ. ހާއްސަކޮށް ވާރޭ ވެހުމުން އެކަމުގެ ތަކުލީފު ބޮޑެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!