އިންޑިއާ އިން ހަދިޔާކުރި އުޅަނދުތައް ދުއްވަން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށްފަހު އެ އުޅަނދުތައް ދުއްވަން ގެނައި މަދަނީ މީހުންނަކީ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ހިންގާ އިންޑިއާ ސަރުކާރުގެ ކުންފުންޏަކުންކަން ހާމަވެއްޖެ އެވެ.
ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދެވެ. އެ ވައުދު ފުއްދުމަށްޓަކައި ދެ ސަރުކާރުގެ ދެމެދުގައި ބޭއްވި ބައްދަލުވުންތަކުގައި އެއްބަސްވެފައި ވަނީ ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު އިންޑިއާގެ މަދަނީ މީހުން ގެނައުމަށެވެ.
އަދި އެ ވައުދުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ އިން ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ، މަދަނީ މީހުންގެ ތެރޭގައި ހެލިކޮޕްޓަރުތައް އުފެއްދި ހިންދުސްތާނު އޭރޯނޮޓިކްސް ލިމިޓަޑް (ހާލް)ގެ މުވައްޒަފުން ހިމެނޭ ކަމަށެވެ.
އަދި އެ މީހުން މަސައްކަތް ކުރާނީ ސީދާ ދިވެހި އަސްކަރިއްޔާގެ ކޮމާންޑަށް އަދި ދިވެހި އަސްކަރިއްޔާއަށް ނޭނގި އެ އުޅުނދުތައް ނުދުއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެއާކްރާޕްޓް، ހެލިކޮޕްޓަރު، އޭވިއޯނިކްސް، މުވާސަލާތީ ސާމާނު އަދި މިލިޓަރީ ވަސީލަތްތައް ފަރުމާކޮށް، އުފައްދާ، ސަޕްލައި ކުރާ ހާލްއަކީ އިންޑިއާ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން އައްޔަން ކުރަނީވެސް ޑިފެންސް މިނިސްޓްރީގެ ލަފާގެ މަތިން އިންޑިއާގެ ރައީސް އެވެ.
އެ ކުންފުނީގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާގެ ޑިފެންސް މިނިސްޓްރީންނެވެ. ކުންފުނީގެ ޕްރޮޑަކްޝަން ލައިންގައި ހިމެނޭ ހުރިހާވެސް އުޅަނދަކީ އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުންވާ ވައިގެ އަސްކަރީ އުޅަނދުތަކާއި އަސްކަރިއްޔާގެ ޖައްވީ އުޅަނދުތަކެވެ.
އަދި ހާލް އިން ވަޒީފާ ދިނުމުގައި އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އެ ކުންފުނިން އިސްކަންދޭ ކަމަށް އިންޓަނެޓުން ލިބެން ހުރި ރަސްމީ މައުލޫމާތުތަކުން ޔަގީންވެ އެވެ.

ގުޅުންހުރި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ