ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ.
އެ ހާލަތު ރަނގަޅު ކުރަން ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
”ވަރަށް ގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު، ޖެހޭ މައްސަލަތަކުގެ ބޮޑުމިނަށްވުރެ ފާހަގަވަނީ ކުދިކުދި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ދިއުމާއި ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމެވެ. ކަންކަން ހިއްސާކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަ ކަމެވެ،“ އިސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އަނބިމީހާ ވަރިކުރަން އެދި ހުށަޖަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ އާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އަދި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށެވެ.
ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. ރައްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާ އަށް ވަގުތު ނުދޭ ކަމާއި އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވެސް ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށް ގާޒީ ވިދާޅުވި އެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: