ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރެއްވި އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ ރަސޫލާގެ މިސްކިތްޕުޅަށް ޒިޔާރަތްކުރައްވައިފައެވެ. އަދި ވަނީ އެ މިސްކިތްޕުޅުގައި ނަމާދު ކުރައްވައިފައެވެ.
މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ވެސް އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.
ރައީސްގެ އަރިހުގައި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝެއިހު މުހައްމަދު ލަތީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން، ބުޅަލަކަށް 5،416 ރުފިޔާ ހަރަދުވާނެ:
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
މިހާރު ވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި މަންޒަރު: އަޒާން
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ