މި ދުނިޔޭގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްބަނޑު އެއްބަފާ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސް ކަމަށް އަލީ ރަމީޒު ބުނެފި އެވެ.
އުމުރުން މިހާރު 50 އިން މައްޗަށް ގޮސްފައިވާ އަލީ ރަމީޒަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަދި ހުނަރުވެރި ފަންނާނު ކަމަށް އަދިވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާ ވަނީ މީގެ 21 އަހަރު ކުރިން، 2003 ވަނަ އަހަރު މިއުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.
އޭރު އަލީ ރަމީޒު ބުނެފައި ވަނީ ދެން ދުވަހަކު ވެސް މިޔުޒިކް ނުކުޅޭނެ ކަމަށާއި ކުރިން ކުރެވުނު ކަންތަކަށް ހިތާމަ ކުރާ ކަމަށެވެ.
އަލީ ރަމީޒާއެކު އެކީހެން އޭނާގެ ކޮއްކޮ އިބްރާހީމް ރަމީޒުވެސް ލަވަކިޔުމާއި މިއުޒިކާ ވަނީ ދުރަށް ގޮސްފަ އެވެ. ނަމަވެސް އޭނާގެ އަންހެން ކޮއްކޮ ރާފިއަތު ރަމީޒާ އަދިވެސް ދަނީ ލަވަކިޔަމުންނެވެ. އެކަމަށް އަލީ ރަމީޒަށް ބައެއް މީހުން ފާޑުވެސް ކިޔަ އެވެ.
ކަރޯކޭ ޖެއްސުމާ ދެކޮޅަށް އަލީ ރަމީޒު ފޭސްބުކުގައި ކުރި ޕޯސްޓަކަށް ކޮމެންޓް ކުރި މީހަކު ވަނީ ރާފިޔަތު ރަމީޒާ ލަވަކިޔުން ރަނގަޅުތޯއާއި އޭނާ ލަވަކިޔުން ހުއްޓުވަން ނަސޭހަތް ދޭން ބުނެފަ އެވެ.
އެ ކޮމެންޓަށް ޖަވާބު ދެމުން އަލީ ރަމީޒު ވަނީ ރާފިޔަތު ލަވަކިއުން ހުއްޓައިލުމަކީ މި ދުނިޔޭގައި އޭނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަސް ކަމަށާއި الله އޭނާއަށް އެ ދުވަސް ދެއްކެވުމަށް ދުއާ ކޮށްފަ އެވެ.
ގުޅުންހުރި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
މިސްކިތް ތެރޭގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ، ޝަހީމް ވިދާޅުވީ ފިޔަވަޅު
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް
ބާރާއި ނުފޫޒުން ރައްޔިތުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެކެވެ.
ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން