މާލޭ ގެއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯއިން ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ މެންދުރުފަހު 2:20 ގައި ކަމަށްވެސް ބުންޏެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.



