ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް މަގާމުގައި ހުންނަވައިގެން ބައްސާމް އަދީލް ޖަލީލް، ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އަމަލުތަކާއި މަނީ ލޯންޑަރިންގެ އަމަލުތައް އޭނާގެ މައްޗަށް ސާބިތުނުވަނީސް އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރުމަކީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް އެ ކޯޓުން އަމުރުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން އެގޮތަށް ނެރުނީ އިއްޔެ ބޭއްވި ބައްސާމުގެ އަޑުއެހުމުގައި އޭނާ އެގޮތަށް އެދުމުންނެވެ.
ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.
އެހެންވެ އެ ކޯޓުގައި ހިނގަމުންދާ ޕްރޮސިކިއުޓާ ޖެނެރަލް ވ. ބައްސާމު އަދީލް ޖަލީލުގެ މައްސަލައިގައި މައުލޫއަށް ވަކި ގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި، ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީ އިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގާ ކަމަށްވެސް އަމުރުގައިވެ އެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ޝަރީއަތް ނިމެންދެން ބައްސާމް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފަ އެވެ. ފުލުހުން އަންނަނީ ބައްސާމާ ގުޅޭ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެފްއޭއެމްގެ އޮފީސް ވެސް ބަލައިފާސްކޮށްފަ އެވެ.




ގުޅުންހުރި
ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވާން ބައްސާމް ބޭނުމެއް ނުވި
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް