އޮކްޓޯބަރ 7, 2024

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ ނ، ރ، ބ އަދި ޅ އަތޮޅުގައި ހިމެނޭ ރަށެއްގައި ފެންމަތިވި އެ މައްސަލަ އެ އިދާރާއަށް ރިޕޯޓް ކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ކުޑަކުދިންނާ ގުޅުންހުރި އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމުން އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ. ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.